Sunday, September 27, 2009

ހިކި ރިހަ


1 ކިލޯ ގެރިމަހުގެ މޭ
12 ވަށް މާޅޮސްކެޔޮ
8 މޭޒުމަތީ ސަމުސާ ހަވާދު
ހިކަނދިފަތް / ރާބާފަތް
10 ލޮނުމެދު
4 އިންޗި އިގުރު
4 ސަމުސާ ހަކުރު (މޭޒުމަތީ ސަމުސާ)
ލޮނު / ތެޔޮ
3 ބޮޑުފިޔާ
4 މޭޒުމަތީ ސަމުސާ ގިތެޔޮ
ހަކުރު
ތައްޔާރުކުރާނެ ގޮތް
މާޅޮސްކެޔޮ މަށާ ކުދިކޮށް ކޮއްޓަވާފައި ތެލުލައްވާށެވެ. ފިޔާ ކޮއްޓަވާ އިގުރު، ލޮނުމެދު ޗިސްކުރައްވާށެވެ. ގިތެޔޮކޮޅު ހޫނުކުރެއްވުމަށްފަހު އެގެ ތެރެއަށް ފިޔާ އަޅުއްވައިގެން ރަތް ކުރައްވާށެވެ. ފިޔާ ރަތްވުމުން އިގުރު، ލޮނުމެދު، ހަވާދު، ހަކުރު އަދި ބޭނުންފުޅުނަމަ، ހަވާދު ސަމުސަލެއް އަޅުއްވައިގެން ކައްކަވާށެވެ. ދެން މީގެ ތެރެއަށް މޭކޮޅު އަޅުއްވާ 10 މިނިޓް ވަންދެން ކައްކަވާށެވެ. ލޮނުރަހަ އާއި ފޮނިރަހަ ހެޔޮވަރު ކުރެއްވުމަށްފަހު، މާޅޮސްކެޔޮކޮޅު އަޅުއްވާ އެއްކޮށްލައްވާށެވެ. މާ ހިކިނަމަ، ކިރުޖޯޑެއް އަޅުއްވައިގެން 10 ވަރަކަށް މިނިޓް ވަންދެން ކައްކަވާށެވެ

No comments: