Sunday, September 27, 2009

ބިސް ކީމިޔާ


ބޭނުންވާ ތަކެތި


ބޭނުންވާ ތަކެތި
2/1 ކެބެޓް / ބޮނޑި ކޮޕީ
4 ބިސް
2 ފިޔާ
2 ލުނބޯ
ލޮނު
2 ގިތެޔޮ މިރުސް
5 ޖޯޑު ފުއް
ތެޔޮ / މާޖެރިން
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ 2 ބިސް ފެނު ކައްކަވާ ކުދިކޮށް ކޮއްޓަވާފައި ބަހައްޓަވާށެވެ. ދެން ގިތެޔޮމިރުހާއި، ކެބެޖް، ފިޔާ ކޮއްޓެވުމަށްފަހު، ހުތާއި ލޮނު ޖައްސަވައިގެން ރަނގަޅަށް މޮޑުއްވާށެވެ. ދެން މީގެ ތެރެއަށް ކެބެޖާއި ބިހާ އަޅުއްވާ އެއްކޮށްލައްވާށެވެ. އެއްކައިރީގައި ބަހައްޓަވާށެވެ. ފުއްގަނޑު މޮޑުއްވާއިރު، 2 ބިހާއި މާޖެރިން އާ ހޫނުފެން ޖައްސަވައިގެން މޮޑުއްވާށެވެ. ހައެއްކަ ގުޅައަށް ބައި ކުރެއްވުމަށްފަހު، ކޮންމެ ގުޅައެއް ރޮއްޓެއް ގޮތަށް ދަންމަވާ ކީމިޔާ އަށް ބޭނުންވާ ގޮތަށް ކައްޕަވާށެވެ. ކޮންމެ ކީމިޔާ ފުއްކޮޅެއްގެ ތެރެއަށް

ހައްދަވާފައި ހުރި ކެބެޖް މިކްސަރުން އެތިކޮޅެއް އަޅުއްވާ ބައްދަވާށެވެ. މިގޮތަށް ހުރިހާ އެއްޗެއް ހައްދަވާ ނިމުމުން ތެލުލައްވާށެވެ